GazetteEnglish beta
Back to announcements

2027 ވަނަ އަހަރު ދަރަނބޫދޫ ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

ދަރަނބޫދޫ ސްކޫލް
ތާރީޚުސުންގަޑި

ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

މިސްކޫލްގެ ސެކިޔުރިޓީ 01  ޖަނަވަރީ 2027 އިން ފެށިގެން 31 ޑިސެމްބަރ 2027 ގެ ނިޔަލަށް 1 އަހަރު ދުވަހުގެ މުއްދަތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަށް ބޭނުންވެއްޖެއެވެ.

މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްޞީލްތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން، 2026 ނޮވެމްބަރ 09 އިން 2026 ނޮވެމްބަރ  17  އަށް ބަންދުނޫން  ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް މިސްކޫލަށް ގުޅުއްވައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 18 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ ހެނދުނު 13:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

މިބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 ނޮވެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ދަރަނބޫދޫ ސްކޫލްގައެވެ.

 ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2026 ނޮވެމްބަރ 23 ވާ ހޯމަ ދުވަހުގެ 13:00 ގައި ދަރަނބޫދޫ ސްކޫލް ގައެވެ.

މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް މިސްކޫލްގެ ނަންބަރ 7952911 އާ ގުޅުންވުން އެދެމެވެ. އީމެއިލް އެޑްރެސް އަކީ  admin@dharanboodhooschool.edu.mv އެވެ.

އަސްލު ފައިލްތައް (1)

Checking download links… You can open the official notice above.

Bidding Document

ބަގެއް ރިޕޯޓުކުރޭ

ދިމާވި މައްސަލައާއި އޭރު ކުރަމުންދިޔަ ކަންތައް ބުނެދީ. ޕާސްވޯޑާއި API ކީ ފަދަ ސިއްރު މައުލޫމާތު ނުލާށެވެ.

0 / 5,000 އަކުރު

މި ރިޕޯޓު ވަކި ޞަފްޙާއަކާ ނުގުޅޭނެ.