GazetteEnglish beta
Back to announcements

ޢާންމު މަޢުލޫމާތު(IUL)405-A/2026/43

އާންމު އުނދަގުލާއި، ދޫނީ ސޫފާ ސޫފި ގެންގުޅުމާއި ގުޅޭ (ކުކުޅު، ހާ)

ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ތާރީޚުސުންގަޑި

އިޢުލާން

އާންމު އުނދަގުލާއި، ދޫނީ ސޫފާ ސޫފި ގެންގުޅުމާއި ގުޅޭ (ކުކުޅު، ހާ)

                    ކުނަހަންދޫގައި ދިރިއުޅޭ އާންމު ރައްޔިތުންގެސަލާމަތާއި ރައްކާތެރިކަމަށް މި ކައުންސިލުން މި ދަނީ އެކިއެކި މަސައްކަތް ކުރަމުންނެވެ. އެގޮތުން ރަށުތެރޭގައި އާންމުންނަށްއުދަގޫ ވާގޮތަށް ހުރި ކަންކަން ބަލައި އެކަންކަން ރަގަނޅު ކުރުމަށް މިކުރާ މަސައްކަތް ތަކުގައި ތިޔަ އެންމެހާ ރައްޔިތުންގެ އެހީތެރި ކަމާއި އެއްބާރުލުން ބޭނުންވެއެވެ. ވުމާއި އެކު ތިރީގައި މި ދަންނަވާ ކަންކަމަކީ އެ ކަންކަމުގެ ސަބަބުން އާންމު ރައްޔިތުންގެ މަސްލަހަތު ގެއްލި ނުރައްކަލުގެ ތެރެއަށް ހުށައެޅެމުންދާ ކަންކަމަށް ވާތީ ދަންނަވަމެވެ.

                    ޖެހިގެން ހުންނަ ގެޔަށް އުނދަގޫ ވާގޮތަށް އެއްގެއިން އަނެއް ގެޔަށް ގޮސްފައިވާ ފުރާޅުގެ ބައިތަކާއި ރުއްގަހުގެ ބައިތަށް އަދި މިހާރު މަގުމައްޗައް ވާ ގޮތަށައި ޖެހިގެން ހުންނަ ގޭގޭ ގޯތި ތެރެއަށް ދާގޮތަށް ޖަންގުޝަންގެ ފެންހިންދަމުން ގެންދާ ފަރާތްތަކުން އެކަން އިސްލާހު ކުރުމަށް ދަންނަވަމެވެ.

                    އަދި ކުކުޅު، ހާ އަދި ދޫނި ސޫފާ ސޫފި ގޭގައި ގެންގުޅޭ ފަރާތްތަކާއި ރަށުގެ ސަރަހައްދު ތަކަށް ދޫކޮއްލައިގެން، އެފަދަ ތަކެތި ގެންގުޅޭ ފަރާތްތައް 30 ނޮވެމްބަރު 2026 ވަނަ ދުވަހުގެ ކުރިން އެތަކެތި ހިފައި ދޫނީ ސޫފާ ސޫފި ގެންގުޅުމުގެ ގަވައިދު އެއްގޮތަށް އެކަން އިސްލާހު ކުރުމަށްދަންނަވަމެވެ. އަދި މިފަދަ ކަންކަމަކީ މި ކައުންސިލުން ސަރުކާރުގެ ގެޒެޓްގައި އާންމު ކޮއްފައިވާ އާންމު އުނދަގުލާއި ބެހޭ ގަވައިދާއި (ނަމްބަރު 2013/R-20173 31ޑިސެމްބަރު 2013) ދޫނި ސޫފާ ސޫފި ގެންގުޅޭ ގަވައިދާއި (ނަމްބަރު 2013/R-2024 31ޑިސެމްބަރު 2013) ވެސް ހިލާފު ކަމެކެވެ. އަދި މިކަމުގެ ސަބަބުން ބަލިމަޑުކަން އިތުރުވެ ރަށުގެ އާންމު ސާފްތާހިރުކަންވެސް  ދަނީ ގެއްލެމުންނެވެ. މި ކަމަކީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން މި ކައުންސިލުން އާންމު އިއުލާން ކުރެވިފައިވާ ކަންކަމެވެ. 

                   އެހެން ކަމުން އެއްރައްޔިތަކު އަނެއްރައްޔިތެއްގެ ރައްކާތެރި ކަމާއި ސަލާމަތަށް އިސްކަން ދެއްވައިގެން ކުނަހަންދޫގައި ހުރި މިފަދަ ކަންކަން އިސްލާހު ކޮއްދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެއްކަމުގައި ދަންނަވަމެވެ. އަދި މި އިޢުލާން އާއި ހިލާފުވާ ފަރާތްތަކާއި މެދު މި ކައުންސިލުން އާންމު ކޮއްފައިވާ ގަވައިދު ތަކުގައި ވާ ގޮތުގެ މަތިން އަމަލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ. އެފަދަ ކަންކަމުން ރައްޔިތުންނަށް ލިބޭ އުނދަގޫ ހުޓުވައި ރައްޔިތުން ހޭލުންތެރިވެ އެފަދަ އެންމެހާ ކަންކަމުން ދުރުވުމަކީ މި ކައުންސިލްގެ މަގުސަދެކެވެ.

                   ވީމާ، 30 ނޮވެމްބަރު 2026 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ކަންކަން އިސްލާހުކުރުމަށް ނަސޭހަތްތެރި ވަމެވެ. މި މުއްދަތުގައި ބަޔާން ކުރެވުނު ގޮތަށް އަމަލު ނުކޮށް ރަށުގެ އެކި ސަރަހައްދު ތަކުގައި އުޅޭ ކުކުޅު، ހާ މި ކައުންސިލުން ކަޑައަޅާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

29 ޖުމާދަލް އޫލާ 1448

09  ނޮވެމްބަރު  2620

              https://old.mvlaw.gov.mv/gavaidLaamuKunahandhoo.php ކައުންސިލުން އާންމު ކޮއްފައިވާ ގަވައިދު ތަކުގެ ލިންކު

އަސްލު ފައިލްތައް (1)

އާންމު އުދަގުލަާއި ކުކުޅު ހާ ގެންގުޅުމާއި ގުޅޭ އިޢުލާން

ބަގެއް ރިޕޯޓުކުރޭ

ދިމާވި މައްސަލައާއި އޭރު ކުރަމުންދިޔަ ކަންތައް ބުނެދީ. ޕާސްވޯޑާއި API ކީ ފަދަ ސިއްރު މައުލޫމާތު ނުލާށެވެ.

0 / 5,000 އަކުރު

މި ރިޕޯޓު ވަކި ޞަފްޙާއަކާ ނުގުޅޭނެ.