GazetteEnglish beta
Back to announcements

މުބާރާތް(IUL)309-ESM/309/2026/98

2026 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ " ދަ ލޭންޑް އޮފް ކާރޕެންޓަރސް އޫރިދޫ މަސްރޭސް 2026 " ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ތާރީޚުސުންގަޑި

މި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން މިއަހަރުވެސް މަސްވެރިންގެ ދުވަސް ރަށުފެންވަރުގައި ފާހަގަކުރުމަށްޓަކައި، ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުވާލައިގެން މަސްބޭނުމުގެ މުބާރާތެއް (މަސްރޭހެއް ) ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 26 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުއެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އިނގުރައިދޫގައި ދިރިއުޅޭ ދެ ޖިންސުގެ 18 އަހަރުން މަތީގެ ޢުމުރު ފުރާގެ ހުރިހާ ރައްޔިތުންނަށް    ހުޅުވާލައިގެންނެވެ. މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް މި ޢިއުލާނާއި އެކުގައިވާ ޤަވާއިދުގައި ވާނެއެވެ.

ވީމާ މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ، 19 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ކުރިން " ދަ ލޭންޑް އޮފް ކާޕެންޓަރސް އޫރިދޫ މަސްރޭސް 2026 " ގައި ބައިވެރިވުމަށް އެދޭ ގޫގަލް ފޯމް ފުރުއްވުން އެދެމެވެ.

ބައިވެރިވުމުގެ ގޫގުލް ފޯމް ލިންކް: https://forms.gle/dfX5AV2m42EUGoNt8

 މި އިޢުލާނާއިއެކު " ދަ ލޭންޑް އޮފް ކާޕެންޓަރސް އޫރިދޫ މަސްރޭސް 2026 " މުބާރާތުގެ ޤަވާއިދު އާންމުކުރީމެވެ.

 މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އަސްލު ފައިލްތައް (2)

Checking download links… You can open the official notice above.

IulaanQavaaidhu

ބަގެއް ރިޕޯޓުކުރޭ

ދިމާވި މައްސަލައާއި އޭރު ކުރަމުންދިޔަ ކަންތައް ބުނެދީ. ޕާސްވޯޑާއި API ކީ ފަދަ ސިއްރު މައުލޫމާތު ނުލާށެވެ.

0 / 5,000 އަކުރު

މި ރިޕޯޓު ވަކި ޞަފްޙާއަކާ ނުގުޅޭނެ.