GazetteEnglish beta
Back to announcements

ކުއްޔަށް ދިނުން(IUL)380/2026/26

މާއެނބޫދޫ ގައި ދަރު ބަދިގެ/ މަސްކެއްކުމަށް ނުވަތަ ( ޢާންމު ދިރިއުޅުމުގައި ދުވަހުގެ ނާޝްތާ ފިޔަވާ) ތައްޔާރުކުރާ އެހެނިހެން ތަކެތި ތައްޔާރުކުމަށް ދޫކުރެވޭ ބަދިގެ ފަދަ ތަންތަން ހެދުމަށް ބިން ކުއްޔަށް ދޫކުރުން

ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ތާރީޚުސުންގަޑި

އިޢްލާން

މާއެނބޫދޫ ގައި ދަރު ބަދިގެ/ މަސްކެއްކުމަށް ނުވަތަ ( ޢާންމު ދިރިއުޅުމުގައި ދުވަހުގެ ނާޝްތާ ފިޔަވާ) ތައްޔާރުކުރާ އެހެނިހެން ތަކެތި ތައްޔާރުކުމަށް ދޫކުރެވޭ ބަދިގެ ފަދަ ތަންތަން ހެދުމަށް ބިން ކުއްޔަށް ދޫކުރުން

މިރަށުގައި " އަމިއްލަ ބޭނުންތަކަށް ނުވަތަ ވިޔަފާރި ބޭނުންތަކަށް ރަށުގެ ބިންތައް ވަގުތީގޮތުން ބޭނުންކުރުމާއި، ފީނެގުމުގެ އުސޫލު " މި ކައުންސިލްގެ 05 ވަނަ ދައުރުގެ 19 ވަނަ ޢާއްމު ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

ވީމާ މި އުސޫލުގައި ވާ 3 ވަނަ ކެޓަގަރީގެ (ދަރު ބަދިގެ/ މަސްކެއްކުމަށް ނުވަތަ ( ޢާންމު ދިރިއުޅުމުގައި ދުވަހުގެ ނާޝްތާ ފިޔަވާ) ތައްޔާރުކުރާ އެހެނިހެން ތަކެތި ތައްޔާރުކުމަށް ދޫކުރެވޭ ބަދިގެ ފަދަ ތަންތަން ހެދުމަށް ދޫކުރެވޭ ބިން) ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ބިމުގެ އަދަދުބޮޑުމިން (އަކަފޫޓް) / އަގުމުއްދަތުބާވަތް
6641 އަހަރު3 ވަނަ ކެޓަގަރީ (ދަރު ބަދިގެ/ މަސްކެއްކުމަށް ނުވަތަ  (ޢާންމު ދިރިއުޅުމުގައި ދުވަހުގެ ނާޝްތާ ފިޔަވާ) ތައްޔާރުކުރާ އެހެނިހެން ތަކެތި ތައްޔާރުކުމަށް ދޫކުރެވޭ ބަދިގެ ފަދަ ތަންތަން ހެދުމަށް ދޫކުރެވޭ ބިން)
އަކަފޫޓެއް 1 (އެއް ރުފިޔާ)

އިތުރު މަޢުލޫމާތު

  1. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ނޮވެންބަރު 19 ވާ ބުރަސްފަތި ދުވަހުގެ 13:00 ގެ ކުރިން ސިޓީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
  2. ބިން ދޫކުރުމަށް ހަމަޖެހިފައިވާ އަދަދަށް ވުރެން އިތުރަށް ބިން ކުއްޔަށްނެގުމަށް ހުށައަޅާފައިވާނާމަ ބިން ދޫކުރެވޭނީ ގުރުއަތު ލުމަށްފަހުގައެވެ.
  3. ބިން ކުއްޔަށް ދޫކުރެވޭނީ މާއެނބޫދޫގައި ރަށްވެއްސެއްގޮތުގައި ރަޖިސްޓަރީ ވެފައިވާ ރައްޔިތަކަށެވެ.     

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

އަސްލު ފައިލްތައް (1)

Checking download links… You can open the official notice above.

Iulaan

ބަގެއް ރިޕޯޓުކުރޭ

ދިމާވި މައްސަލައާއި އޭރު ކުރަމުންދިޔަ ކަންތައް ބުނެދީ. ޕާސްވޯޑާއި API ކީ ފަދަ ސިއްރު މައުލޫމާތު ނުލާށެވެ.

0 / 5,000 އަކުރު

މި ރިޕޯޓު ވަކި ޞަފްޙާއަކާ ނުގުޅޭނެ.