GazetteEnglish beta
Back to announcements

ކުއްޔަށް ދިނުން(IUL)380/2026/27

މާއެނބޫދޫ ގައި ޢާންމު ރައްޔިތުންނަށް މަންފާލިބޭ ގޮތަށް ކުރަމުންދާ ކުދި ވިޔަފާރީ ތަކަށް ބިން ކުއްޔަށް ދޫކުރުން

ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ތާރީޚުސުންގަޑި

އިޢްލާން

މާއެނބޫދޫ ގައި ޢާންމު ރައްޔިތުންނަށް މަންފާލިބޭ ގޮތަށް ކުރަމުންދާ ކުދި ވިޔަފާރީ ތަކަށް ބިން ކުއްޔަށް ދޫކުރުން

މިރަށުގައި " އަމިއްލަ ބޭނުންތަކަށް ނުވަތަ ވިޔަފާރި ބޭނުންތަކަށް ރަށުގެ ބިންތައް ވަގުތީގޮތުން ބޭނުންކުރުމާއި، ފީނެގުމުގެ އުސޫލު " މި ކައުންސިލްގެ 05 ވަނަ ދައުރުގެ 19 ވަނަ ޢާއްމު ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

ވީމާ މި އުސޫލުގައި ވާ 6 ވަނަ ކެޓަގަރީގެ (ޢާންމު ރައްޔިތުންނަށް މަންފާލިބޭ ގޮތަށް ކުރަމުންދާ ކުދި ވިޔަފާރީ ތަކަށް ދޫކުރެވޭ ބިން) ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ބިމުގެ އަދަދުބޮޑުމިން (އަކަފޫޓް) / އަގުމުއްދަތުބާވަތް
31001 އަހަރު6 ވަނަ ކެޓަގަރީ (ޢާންމު ރައްޔިތުންނަށް މަންފާލިބޭ ގޮތަށް ކުރަމުންދާ ކުދި ވިޔަފާރީ ތަކަށް ދޫކުރެވޭ ބިން)
އަކަފޫޓެއް 1 (އެއް ރުފިޔާ)ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ މަސްކަނޑާ އަށި ކައިރިންނެވެ.

އިތުރު މަޢުލޫމާތު

  1. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ނޮވެންބަރު 19 ވާ ބުރަސްފަތި ދުވަހުގެ 13:00 ގެ ކުރިން ސިޓީ، ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
  2. ބިން ދޫކުރުމަށް ހަމަޖެހިފައިވާ އަދަދަށް ވުރެން އިތުރަށް ބިން ކުއްޔަށްނެގުމަށް ހުށައަޅާފައިވާނާމަ ބިން ދޫކުރެވޭނީ ގުރުއަތު ލުމަށްފަހުގައެވެ.
  3. ބިން ކުއްޔަށް ދޫކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.     

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

އަސްލު ފައިލްތައް (1)

Iulaan

ބަގެއް ރިޕޯޓުކުރޭ

ދިމާވި މައްސަލައާއި އޭރު ކުރަމުންދިޔަ ކަންތައް ބުނެދީ. ޕާސްވޯޑާއި API ކީ ފަދަ ސިއްރު މައުލޫމާތު ނުލާށެވެ.

0 / 5,000 އަކުރު

މި ރިޕޯޓު ވަކި ޞަފްޙާއަކާ ނުގުޅޭނެ.