ބީލަން(IUL)419/419/2026/88
ގދ. ގައްދޫ ފެރީ ޓާމިނަލްގެ އާކިޓެކްޗަރަލް ޑިޒައިން އަދި ޑީޓެއިލްޑް ޑްރޯއިންގްސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރުން.
މިއިދާރާގެ ނަންބަރު ، (IUL)419/419/2026/86 އަދި (IUL)419/419/2026/76 އިޢުލާނުގައި ގދ. ގައްދޫ ކައުންސިލްގެ ފަރާތުން ރަށުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ޒަމާނީ ފެންވަރެއްގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ގދ. ގައްދޫ ފެރީ ޓާމިނަލް ޑިޒައިން ކުރުމަށް ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ވަރަށް ޕްރޮޕޯސަލް ލިބިފައިނުވާތީ މި މަސައްކަތަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު އަނެއްކާވެސް ހުޅުވާލަމެވެ. މިކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު، ފަރުދުންނާއި، އާކިޓެކްޓުންނާއި، ޑިޒައިނަރުންނާއި، އިންޖިނިއަރިންގ ފާމްތަކާއި އަދި މި ދާއިރާގެ ޤާބިލު ފަރާތްތަކަށް ހުޅުވާލަމެވެ.
| # | ތަފްޞީލް | ތާރީޚާއި ގަޑި |
| 1 | ޑިޒައިން އަދި އަންދާސީ ހިސާބު ހުހަޅަންޖެހޭ ތާރީޚް | 05 ނޮވެމްބަރު 2026 (ބުރާސްފަތި) 13:00 |
ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން އިޢުލާނާއެކު ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ޑިޒައިން އަދި އަންދާސީ ހިސާބު ފުރިހަމަ ކުރައްވައި 05 ނޮވެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާ އަންދާޒީ ހިސާބު ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހަޅުއްވާނީ procurement@gadhdhoo.gov.mv އަށެވެ.
މިމަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 9120126 އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.