GazetteEnglish beta
Back to announcements
English translation pendingYou can read the Dhivehi original below while the translation loads. The first translation may take several minutes while the model starts.

ވަޒީފާގެ ފުރުޞަތު(IUL)VMC-HR/1/2026/38

ސީނިއަރ އޮފީސް އެސިސްޓެންޓް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ތާރީޚުސުންގަޑި

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

                                             އިޢުލާން ނަންބަރު: ‭(IUL)VMC-HR/1/2026/38

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ސީނިއަރ އޮފީސް އެސިސްޓެންޓް
  • މުސާރަ (މަހަކު) : -/5,841 ރުފިޔާ މަހަކު

  • ސަރވިސް އެލަވަންސް: -/2,044 ރުފިޔާ މަހަކު

  • ލިވިންގ އެލަވަންސް: -/1,752 ރުފިޔާ މަހަކު

  • ސަޕޯޓް ސްޓާފް އެލަވަންސް: -/1,600 ރުފިޔާ މަހަކު

  • ޕެޓްރޯލް އެލަވަންސް: -/250 ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން.

ޑިޕާރޓްމަންޓް / ސެކްޝަން: އެޑްމިނިސްޓްރޭޝަންބޭނުންވާ އަދަދު: 01

1. ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

   1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 2 (ދޭއް) ގެ ސަނަދެއް ގުޅޭ ދާއިރާއަކުން ހާސިލްކޮށްފައިވުން.

   2. އަސާސީ ތަޢުލީމު ހާސިލްކޮށްފައިވުން .

   3. މޮޓޯ ސައިކަލް ޑްރައިވިންގ ލައިސަންސް އޮތް ފަރާތެއް ކަމުގައިވުން.

   4. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ، ހީވާގި، މަސައްކަތަށް ފަރުވާތެރި އަދި އަޚްލާޤު ރަގަޅު މީހެއްކަމުގައިވުން.

 2.  މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް. 

  1. ކޯޕަރޭޝަންގެ މަސައްކަތްތަކަށް އެއްވެސް ދަތިކަމެއް ނާންނާނެހެން، ރަސްމީ ދުވަސްތަކުގައި ކަނޑައެޅިފައިވާ ވަގުތުތަކަށް އޮފީސް ހުޅުވުމާއި ބަންދުކުރުމުގެ ކަންކަން ބެލެހެއްޓުން. އަދި ސަރުކާރު ބަންދު ދުވަހެއްގައިވެސް އޮފީސް ހުޅުވަން ޖެހިއްޖެ ހިނދެއްގައި، މަސައްކަތަށް ހުރަސްނޭޅޭނޭހެން އޮފީސް ހުޅުވައި، މަސައްކަތްތައް ނިމުމުން ހަމަޖެހިފައިވާ އުސޫލުން އޮފީސް ތަޅުލައި ބަންދުކުރުން.
  2. އޮފީސް ޢިމާރާތުގެ އެކި ބައިތަކުގެ ހާލަތު ކަނޑައެޅިފައިވާ އުސޫލުން ބަލައި ޗެކްކުރުމާއެކު، މަރާމާތުކުރަންޖެހޭ ކަންކަން ފާހަގަކޮށް ސުޕަވައިޒަރަށް އެންގުން. މީގެ އިތުރުން ކޯޕަރޭޝަންގެ ޢިމާރާތާއި އެންމެހައި މުދަލާއި ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކުގައި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން އެހީތެރިވެދިނުން.
  3. އޮފީސް ޢިމާރާތުގެ އެތެރެއާއި ބޭރުގެ ސާފުތާހިރުކަން ދެމެހެއްޓުމުގެ ގޮތުން، ޙަވާލުކުރެވޭ އެންމެހައި ޒިންމާތައް ފުރިހަމަ ޒިންމާދާރުކަމާއި ފަރުވާތެރިކަމާއެކު އަދާކުރުން.
  4. މި ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައި ހުންނަ ގުދަންތައް އަބަދުވެސް ތަރުތީބުކޮށް، ސާފުތާހިރުކަމާއެކު ބެލެހެއްޓުމަށް ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.
  5. ކޯޕަރޭޝަނުން ބޭރުގެ އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، ލިޔެކިޔުން އަދި ތަކެތި، ރައްކާތެރިކަމާއެކު އަދި އެކަށީގެންވާ އަވަސް މިނުގައި އެ ފަރާތްތަކަށް ރައްދުކޮށްދިނުން.
  6. ކޯޕަރޭޝަނަށް އެކި ފަރާތްތަކުން ފޮނުވާ ތަކެއްޗާއި ލިޔެކިޔުންތަކާ ޙަވާލުވުމަށް ދާންޖެހޭ ހާލަތްތަކުގައި، ލަސްނުކޮށް ގޮސް އެތަކެއްޗާ ރައްކާތެރިކަމާއެކު ޙަވާލުވެ، އޮފީހަށް ގެނެސް ކަމާބެހޭ މުވައްޒަފުންނާ ނުވަތަ ސެކްޝަނާ ހަވާލުކުރުން.
  7. ކޯޕަރޭޝަންގެ ފަރާތުން އިންތިޒާމުކުރާ ނުވަތަ ބައިވެރިވާ ފެއާތަކާއި، ރޯޑްޝޯތަކާއި އެކިއެކި ހަރަކާތްތަކަށް ބޭނުންވާ ތަކެތި ބަންދުކުރުމާއި، އެ ތަކެތި އިވެންޓް އޮންނަ ތަންތަނަށް ފޮނުވުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި އިންތިޒާމީ މަސައްކަތްތައް ކުރުން.
  8. މީގެއިތުރުންވެސް، ކޯޕަރޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން މެނޭޖްމަންޓުން ނުވަތަ ވެރިން އަންގަވާ އެހެނިހެން ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ، އެ މަސައްކަތްތައް ފުރިހަމަކުރުން.

3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

18 ނޮވެންބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން jobs@visitmaldives.com އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

  2.  ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

  4. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

  5. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

  7. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

5.  އިތުރު މަޢުލޫމާތު:

  1. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ jobs@visitmaldives.com އެވެ.
  2. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.
  3. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  4. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
  5. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.
  6. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

  6. އެޑްރެސް ކުރައްވާނީ:

 ހިއުމަން ރިސޯސް ޑިޕާޓްމަންޓް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް، މާލެ

Report a bug

Tell us what went wrong and what you were doing. Leave out passwords, API keys, and other private information.

0 / 5,000 characters

This report will be sent without a specific page.